ads
މަގޫދޫއަށް ފޮތި ނެޕީ ތައާރަފްކުރުން
ސޮނޭވާގެ އެހީގައި ނ މަގޫދޫއަށް ޒަމާނީ ފޮތި ނެޕީ ތައާރަފްކޮށްފި
މަގޫދޫގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ޒަމާނީ ފޮތި ނެޕީ ތައާރަށްފކުރުމަށް ކުރިއަށް ގެންދިޔަ "ބުޑު ފޮތި" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
Advertisement

މި ޕްރޮގްރާމަކީ ސޮނޭވާ ނަމޫނާ އާއި މަގޫދޫ ކައުންސިލް، އަދި މަގޫދޫ ހެލްތް ސެންޓަރުގެ އެހީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ ދަށުން މަގޫދޫގެ 31 އާއިލާގެ 33 ކުދިންނަށް ފޮތި ނެޕީ ބޭނުންކުރުމުގެ ތަމްރީނު ދީފައިވެއެވެ. މީގެ އިތުރުން އެ ކުދިންނަށް ފޮތި ނެޕީ ސެޓްތަކާއި، އެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ވެސް ދީފައިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެށްޓަށް ގެއްލުން ވާ ގޮތަށް އުކާލެވޭ ނެޕީގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ފޮތި ނެޕީ ތައާރަފްކުރުމެވެ.

ޕްރޮގްރާމްގެ ނަތީޖާތަކަށް ބަލާއިރު، 60 ޕަސަންޓު ކުދިން ވަނީ ފޮތި ނެޕީ ބޭނުންކުރަން ފަށާފައެވެ. އަދި ހަތަރު މައިންބަފައިން ވަނީ މުޅިން ފޮތި ނެޕީއަށް ބަދަލުވެފައެވެ. ގިނަ އާއިލާތަކުން ބުނީ ފޮތި ނެޕީ ބޭނުންކުރުމުން މާލީ ގޮތުން ވެސް ފައިދާ ކުރާ ކަމަށެވެ.

ރަށުގައި މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ފޯ އެސް ޓްރޭޑާސް އިން ވަނީ ފޮތި ނެޕީ ވިއްކުމުގެ ހުއްދަ ހޯދާފައެވެ. 80 ޕަސަންޓަށް ވުރެ ގިނަ މައިންބަފައިން ބުނީ އެހެން އާއިލާތަކަށް ވެސް ފޮތި ނެޕީ ބޭނުންކުރުމަށް އިރުޝާދު ދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް