ads
އިފުރު އައިލެންޑް ރިސޯޓު: ފަތުރުވެރިންނަށް ސްކައިޑައިވިންގެ ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި - ފޮޓޯ:އިފުރު އައިލެންޑް ރިސޯޓު
އިފުރު ރިސޯޓުން ގެއްލުނު ޝެފްގެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް
އިފުރު ރިސޯޓުން ގެއްލުނު އިންޑިއާގެ ޝެފް އަފްތާބް ހާންގެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭނާގެ އާއިލާއިން ނިންމައިފިއެވެ.
Advertisement

މި މައްސަލައިގައި އިންޑިއާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް އެދި ކޯޓަށް ދާން ނިންމީކަމަށް އޭނާގެ އާއިލާއިން އިންޑިއާ ނޫސްތަކަށް ދިން އިންޓަވިއުތަކުގައި ބުނެފައިވެއެވެ. 

އުއްތަރު ޕްރަދޭޝްގެ އަލިގަރުން އުފަން 24 އަހަރުގެ އަފްތާބް ހާން ގެއްލުނީ މިއަހަރުގެ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. އޭނާ ކަނޑުގެ އަޑިއަށް ހިނގައްޖެކަމަށް ބެލެވުނު ނަމަވެސް، 15 ދުވަސް ވީއިރުވެސް ހަށިގަނޑު ނުފެނެއެވެ. އެ ހާދިސާގައި އަފްތާބް ހާންއާ އެކު ހުރި ޕަރަމްޖީތް ސަލާމަތްކުރެވުނު ނަމަވެސް، އޭނާގެ ހާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ. 

އަފްތާބް ހާންގެ އާއިލާގެ ވަކީލު ޒީޝާން ހާން ބުނީ، އިންޑިއާ ގާނޫނު އަސާސީގެ 21 ވަނަ މާއްދާގެ ދަށުން މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި ރިސޯޓުގެ ސީސީޓީވީ ފުޓޭޖް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ނުވެފައެވެ. އާއިލާއަށް ލިބިފައިވަނީ އަފްތާބް ހާންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އެކަނި ކަމަށް އޭނާ ބުނެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލައިގައި ރިސޯޓުންނާއި ދިވެހި ސަރުކާރުގެ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ސުވާލު އުފައްދާނެ ކަމަށް ވަކީލު ބުނެއެވެ. އަދި މި މައްސަލައިގައި އާއިލާއަށް ބަދަލު ހޯދުމަށްވެސް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް