ads
ވެލާނާގެ
ރޯދަ އެލަވަންސް މި މަހު 20 ގެ ކުރިން ދޫކުރަން އަންގައިފި
އަންނަ މަހު ފެށޭ ރޯދަ މަހާ ދިމާކޮށް، ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ ރޯދަ އެލަވަންސް މި މަހުގެ 20 ގެ ކުރިން ދޫކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމްކުރާ އެލަވަންސެކެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި، އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މީހުންނަށް ރޯދަ އެލަވަންސް ދޭންޖެހޭނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ސްކޮލަޝިޕް ލީވް އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭކަށް ނުޖެހޭނެ އެވެ.

2015 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެލަވަންސް ނުދިނުމާ ގުޅިގެން ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް ހުށަހެޅެ އެވެ. 2023 ވަނަ އަހަރު އެކަނިވެސް 65 މައްސަލައެއް ލޭބަރ އޮތޯރިޓީއަށް ހުށަހެޅުނު އިރު، އޭގެ ތެރެއިން 63 މައްސަލަ ވަނީ ހައްލުކުރެވިފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް