މިއަދު ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ހ. ގިނިރާހި އާގެ، އުމުރުން 30 އަހަރުގެ އިބްރާހިމް ޝަރަފެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ އެ އިމާރާތުގެ ބިއްދޮށު ސަރަހައްދުންނެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި ހިތާމަވެރި ހާދިސާގައި އާއިލާއަށް ލިބިފައިވާ ވޭނުގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން އެފަދަ މަންޒަރުތައް ދައުރު ނުކުރުމަށް އެދޭ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށާއި، ހާދިސާ ހިނގި ގޮތާއި އޭނާ ވެއްޓުނީ ކޮން އިރަކު ކަން އަދި ސާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.