ads
އަބްދުﷲ ޖާބިރު
ޖާބިރުގެ ކުންފުންޏަށް ބޮޑު ކާމިޔާބެއް: މީރާގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒް ކުންފުނީގެ އެކައުންޓްތައް މީރާއިން ފްރީޒްކުރި މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު އެ ކުންފުންޏަށް ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ރިސޯޓް ކުލި ނުދެއްކުމުން އަމަލުކުރަންވީ ގޮތް އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ހިނދު، މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒްކުރުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މި ހުކުމް ކުރެއްވިއެވެ.

ކުރިން ސިވިލް ކޯޓާއި ހައިކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ މީރާގެ ނިންމުން ރަނގަޅު ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ދެ ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. މީރާއިން އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ހއ. އަލިދޫ، ހއ. ބީނާފުށި އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދެއްކުމުންނެވެ.

ސުޕްރީމް ކޯޓުން އިތުރަށް ފާހަގަކޮށްފައިވަނީ ދައުލަތަކީ އެއްބަސްވުމުގެ އެއް ފަރާތް ކަމުގައިވީ ނަމަވެސް، ގަވާއިދަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގައިވާ ގޮތް އަމިއްލައަށް ބަދަލުކުރުމަކީ ކޮންޓްރެކްޓުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް