އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރެަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 303،447 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 9.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 269،588 ފަތުރުވެރިންނެވެ.
ޓްއަރިޒަމްގެ ހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް
މިދިޔަ އަހަރު ރާއްޖެ އަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.