ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސްއާ ބައްދަލުކުރެއްވުން
އިންޑިއާގެ ނައިބު ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތްކައްވަން ނިންމަވައިފި
އިންޑިއާގެ ނައިބު ރައީސް އަދި ރާޖިޔާ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރު ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
Advertisement

މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސްއާ ބައްދަލުކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުންނެވެ. 

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޕާލިމެންޓުތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އިންޑިއާގެ ނައިބު ރައީސް ވަނީ ދިވެހިރާއްޖެއަށް ދެއްވަމުން އަންނަ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓުމަށް އެ ގައުމުން ގަސްދުކުރާކަން އަންގަވާފައެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އިންޑިއާގެ ނައިބު ރައީސްއަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އެރުވިއެވެ. މި ދައުވަތު އިންޑިއާގެ ނައިބު ރައީސް ވަނީ ގަބޫލުކުރައްވާފައެވެ. ނަމަވެސް ދަތުރުފުޅުގެ ތާރީހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މަޖިލިސް ރައީސްގެ މި ދަތުރުފުޅުގައި ދިވެހި-އިންޑިއާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދަތުރުފުޅުގެ ތެރޭގައި ހުމާޔޫން މަހުބަރާއަށް ޒިޔާރަތްކުރައްވާފައިވާއިރު، އާގްރާގެ ތާޖް މަހަލްއަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް