މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާގެ ބޮލުގައި ޖެހީ ސައިކަލްގެ ފަހަތުގައި އިން މީހާކަމަށްވެއެވެ.
މި ހަމާލާދިންކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ.
އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް އޭނާ ފިލިައގެން މެލޭޝިޔާއަށް ދިޔަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެގައުމަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު އެއާޕޯޓުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މީހަކީ ޑްރަގްގެ މައްސަލައިގައާއި ތޫނު ހަތިޔާރު ގެންގުޅުމުގެ އިތުރުން މިނޫންވެސް މައްސަލަތަކުގައި 26 ފަހަރެއްގެ މަތީން މީގެކުރިން ހައްޔަރު ކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުނެއެވެ.
މި މީހާގެ ކުށުގެ ރެކޯޑްތައް
މި ހަމަލާގައި ޒަހަމްކޮށްލި މީހާއަށް އައިޖީއެމްޗްގައި ވަނީ ފަރުވާ ދީފައިއެވެ.