
މަޖިލީހުގައި އެމްޑީއޭއަށް ނިސްބަތްވާ ދެ މެމްބަރުންނަކީ އެޕާޓިގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި ވެލިދޫ ދާއިރާގެ މެމްބަރުން މުހައްމަދު އައްބާސް އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްވާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ރޯދަމަހަށް ވެލިދޫ ދާއިރާގެ ތިން ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސް ކޭހެއް ދޭން ނިންމާފައިވާކަމަށެވެ. މީ އޭނާއާ ސަން ސިޔާމް ކެއާގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
ކޮންމެ އަހަރެެއްގެ ރޯދަމަހާއި ދިމާކޮށް ސަން ސިޔާމް އިން ގެންދަވަނީ ދާއިރާގެ ރައްޔިތުން ރޯދަ ހަދިޔާ ދެއްވަމުންނެވެ.
ސަން ސިޔާމް ކެއާގެ ފަރާރުން ދާދި ފަހުން ވަނީ ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސާދީފަ އެވެ. މި އެހީގެ ދަށުން ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ވަނީ ސިޔާމް ނިންމަވާފައިވާކަމަށް ކަމަދޫ ކައުންސިލުން ވަނީ ބުނެފަ އެވެ،
އަދި އެ އެހީއަށް ބޭނުންވާ މީހުން އެކަމަށް އެދުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.