ads
ރަސްފަންނު
މަރާމާތުގެ މަސައްކަތް ފަށާތީ ރަސްފަންނަށް މޫދަށް އެރުން މަނާކޮށްފި
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
Advertisement

މާލެ ސިޓީ ކައުންސިލުން މިއަދު ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 ގައި ފަށާނެ ކަމަށް ކައުންސިލުން ބުންޏެވެ.

"ވީމާ މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމަށްފަހު ދެން އެ ތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ދެން ރަސްފަންނު ބަލަހައްޓަމުން ދާނީ ސީދާ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ނިންމާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްފަންނަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް