
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ސަރުކާރު ރަނގަޅަށް ހިންގުމަކީ ރައީސްގެ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެހެންކަމުން މާލިއްޔަތު ކޮމިޓީއަށް ފެންނަ ރަނގަޅު ގޮތްތައް ރައީސަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސް މެންބަރުންގެ އަޑުއައްސަވައި، އެ ލަފާ ގަބޫލުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދު ރަނގަޅު ކުރެވޭނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އަދި ރައްޔިތުންގެ ޝަކުވާ ލިބުނު ނަމަވެސް މިވަގުތު ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅަށް ދިރާސާ ނުކޮށް، ވާދަވެރި ސިޔާސަތުތަކެއްގެ ދަށުން ކަންކަން ކުރަން އުޅުމުން އިގްތިސާދު އިތުރަށް ދަށަށް ދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.