ads
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަނީ: އެޗްޑީސީ
ހުޅުމާލޭގައި 1000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ހުޅުމާލޭ ފޭސް ތިނެއްގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
Advertisement

މި ޕްރޮޖެކްޓަށް ހުޅުވާލާފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށެވެ. މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަޝްރޫއަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ، %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން 8 މާޗުގެ ނިޔަލަށް މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 23 މާޗު 2026 އެވެ. މައުލޫމާތު ސާފުކޮށް، ޕްރޮޕޯސަލް ފޮނުވާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

މިނިސްޓްރީން ބުނީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އުމްރާނީ ތަރައްގީ އަށް އެހީތެރިވުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ މީހުންގެ ގާބިލްކަން އިތުރުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. 

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;