ads
މިއަހަރު ދިވެހި ހައްޖުވެރިންގެ އިސް ޝައިހަކީ އިސްލާމިކް މިނިސްޓްރީގެ ނައިބު މުތީއު އިސްމާއީލް މުހައްމަދު
މިއަހަރު ހައްޖުގެ އިސް ޝެއިހަކީ ޑެޕިއުޓީ މިނިސްޓަރު މުތީއު
މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ އިސް ޝައިހަކަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަޖައްސައިފިއެވެ.
Advertisement

އިސްލާމިމް މިނިސްޓަރު ޑރ. މުހައްމދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރު ދިވެހި ހައްޖުވެރިންގެ އިސް ޝައިހަކީ އެމަނިކުފާނުގެ ނައިބު މުތީއު އިސްމާއީލް މުހައްމަދު ކަމަށެވެ.  

މިދިޔަ އަހަރު ދިވެހި ހައްޖުވެރިންގެ އިސް ޝައިހްގެ ގޮތުގައި ހައްޖަށް ވަޑައިގަތީ ޝައިހް އާދަމް ޝަމީމެވެ. 

މިއަހަރުވެސް ރާއްޖެއިން ހައްޖަށްދާ ހުރިހާ ދިވެހިން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަނުންނެވެ. ރާއްޖެއަށް ލިބޭ 1000 ކޯޓާގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ ފަގީރުންވެސް ހިމެނޭނެއެވެ. 

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ދާދި ފަހުން ވިދާޅުވީ ރާއްޖެއިން ހައްޖަށްދާން ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ ކިއުގައި މިވަތު 9000 މީހުން ތިބިކަމަށެވެ. މީގެއިތުރުން މިނިސްޓަރު ވަނީ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ކޯޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މި ދައުރުގެ ތެރޭގައި ކުޑަކުރާނެކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް