ads
ފޮޓޯ: ދިރާގު
މަމްސް އެއިޑްއާ ގުޅިގެން ދިރާގުން 100 އާއިލާއަށް އެހީތެރިކަން ދެނީ
ދިިރާގާއި މަމްސް އެއިޑް ގުޅިގެން މި އަހަރު ވެސް 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
Advertisement

މަމްސް އެއިޑަކީ އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެގޮތުން ދިރާގުން މައުލޫމާތު ދިން ގޮތުގައި  'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިރާގުން މިވަނީ  އާންމުންނަށް ވެސް ހުޅުވާލާފައެވެ.

މި ރޯދަ މަހު މަމްސް އެއިޑްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަގްސަދަކީ، މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފެށިގެންދާ ބަރަކާތްތެރި ރޯދަ މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް ފޯރުކޮށްދިނުން ކަމުގައި ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދު ވެސް ދަނީ މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަންހެނުން ބާރުވެރިކުރުމުގެ މަގުސަދުގައި އެ ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް