
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް "ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހޯމް އަންނަނީ ހިންގަމުންނެވެ.
އެ މިނިސްޓްްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރީލް 20 ވަނަ ދުވަސްކަމަށެވެ. އަދި އެ އެހާތަނަށް ބައޯމެޓްރިކްސް ނަހާދާ ބިދޭސީން ރާއްޖެއިން ފޮނުވާލާނެކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެކަމުގެ އިންޒާރުވެސް މިނިސްޓްރީން މިއަދު ވަނީ ދީފައެވެ.
މް ލޭންްޑް މިނިސްޓްރީން ބުނީ މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭނެކަަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަންވާނީ ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެންކަމަށްވެސް ހޯމް ލޭންޑް މިނިސްޓްރީންް ބުނެއެވެ.
މީގެ އިތުރރުން ރިޒޯޓްތަކާއި ސަފާރީތަކާއި ، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި ، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރިލް މަހުގެ 15ގެ ކުރިން ނިންމުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އެ ތަންތަނުން އެ މަސައްކަތް ކުރާނީ އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.