ads
ކުޑަގިރި. ކުޑަގިރި ފަޅުގައި ޑައިވިން ސައިޓެއް ހަދަނީ
ކުޑަގިރީ ފަޅުތެރެއަށް ބޯޓު ފައްތާލަން ތައްޔާރު ވެއްޖެ
ކުޑަގިރީ ފަޅުތެރޭ ތަރައްގީކުރާ ޑައިވިން ސައިޓްގެ މަސައްކަތް މިހާރު ވަނީ ފައިނަލް ސްޓޭޖާ ހަމައަށް ގޮސްފައި ކަމަށާއި ފަޅުތެރެއަށް ބޯޓު ފެއްތުމަށްވެސް ތައްޔާރުކޮށްފައިވާކަމަށް ހައުސިން ޑިވެލޮޕމެންޓް ކޯޕޮރޭޝަން އެޗްޑީސީން ބުނެފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެމުން އެޗްޑީސީ ގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުޑަގިރީ ފަޅަށް މަތިންދާ ބޯތެއް ފައްތާ ޑައިވިން ސައިޓް އެއް ތަރައްގީކުރުމަކީ މީގެ ތަންކޮޅެއް ކުރީއްސުރެއް ކުރަމުން އައި މަސައްކަތެއް، ނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށް ދަނީ އޭގެ މޮޑެލް ކޮންމެވެސް ވަރަކަށް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަގިރީ ފަޅުތެރޭ ޑައިވް ސައިޓެއް ތަރައްގީކޮށް، މި މަސައްކަތް ކުރިއަށްދަނީ އެމްއެމްޕީއާރުސީ އާއި އެޗްޑީސީ އާ ގުޅިގެން ކަމަށާއި އެތަނުގެ އަޑިއަށް ފައްތަނީ ވަރަށް ކުރިން އައިލެންޑް އެވީއޭޝަން އިން ގެނައި ބޯޓު ތަކުގެ ތެރެެއިން 2 ބޯޓު ކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެއީ އެއިރު ގެނައި ބޯޓު ތަކުން، ހަލާކުވެގެން ދޫކޮށްލާފައި ހުރި  2 ބޯޓެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

"މިހާރު މަސައްކަތް އޮތީ ގާތްގަނޑަކަށް ފައިނަލް ސްޓޭޖްގައި، އީއައިއޭ ފައިނަލް ކުރުމުގެ ސްޓޭޖްގައި މިހާރު އޮތީ ، އެބޯޓު ގާތްގަނޑަކަށް ރެޑީކޮށްފައި އޮތީ ފައްތަން" އެޗްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެއާއެއްކޮށް ފަޅުތެރޭ މުރަކަ އިންދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި، ކުޑަގިރި ފަޅުގައި ޑައިވް ސައިޓެއް ވަރަށް ރީތިކޮށް ތަރައްގީކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް