ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ލަކްޝަދީޕުގައި އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގަ
އިންޑިއާ މާކެޓުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 25 ޕަސަންޓު ދަށަށް
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ޖުމުލަ ގޮތެއްގައި އިތުރުވަމުން ދިޔަ ނަމަވެސް، އިންޑިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 25 ޕަސަންޓު ދަށަށް ގޮސްފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިއާއިން 22،555 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 16،727 ޓޫރިސްޓުންނެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 25 ޕަސަންޓުގެ ދަށްވުމެކެވެ.

މިދިޔަ 2023 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނައިގައި އޮތް އިންޑިއާއިން އެ އަހަރު 209،193 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ނަމަވެސް 2024 ގައި މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު، އިންޑިއާ މާކެޓު ވަނީ ހަވަނައަށް ތިރިވެފައެވެ.

އިންޑިއާ މާކެޓު އިތުރަށް ރަނގަޅުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުންބާއީގައި 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުން ބައިވެރިކޮށްގެން "މޯލްޑިވިއަން ނައިޓް" އެއް ވަނީ ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް