ads
މާލެ ސިޓީ
މާލޭގައި ހުރި އެންމެ ޒަމާންވީ އެއް ގަސް ކަނޑާލަނީ
މައްޗަންގޮޅީގައި ހުރި 35 އަހަރަށް ވުރެ ގިނަ ދުވަސްވީ ނިކަގަސް ކަނޑާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
Advertisement

މި ގަހަކީ ޕީޓްރަލް ހޮޓާ ހިންގި ސަރަހައްދުގައި، މައްޗަންގޮޅީ ސަހަރާއާ އިންވެގެން އޮންނަ ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުރި ގަހެކެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މި ގަސް ކަނޑާލުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މި ހުއްދަ ދިނުމުގައި އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ސޮއިކޮށްފައިވާ ސިޓީއެއް ވަނީ ފޮނުވާފައެވެ.

މި ގަސް ކެނޑުމަށް ނިންމީ އޭގެ މޫތައް މުޅި ސަރަހައްދަށް ފެތުރި، ކައިރީގައި ދިރިއުޅޭ މީހުންނަށް އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުން ދިއުމާ ގުޅިގެންނެވެ. ނަމަވެސް މި ގަސް ކަނޑާލުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަޑުއުފުލާފައެވެ.

އީޕީއޭ އިން ވަނީ ގަސް ކަނޑާލުމުގެ ހުއްދަ ދިނުމާއެކު، އޭގެ ބަދަލުގައި މާލޭގެ އެހެން ސަރަހައްދެއްގައި އެ ގަހުގެ ބައިތައް އިންދުމަށް އަންގާފައެވެ. އަދި އެގޮތަށް ނުވާނަމަ، ދެ ގަސް އިންދުމަށްފަހު އޭގެ ފޮޓޯ އާއި ވީޑިއޯ އީޕީއޭ އާ ހިއްސާކުރުމަށްވެސް އަންގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް