ads
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން
ޔުނެސްކޯ އާއި ޗައިނާގެ ފެލޯޝިޕް ޕްރޮގްރާމަށް 47 ފުރުސަތު
ޔުނެސްކޯ އާއި ޗައިނާ ގުޅިގެން ކުރިއަށް ގެންދާ "ދަ ގްރޭޓް ވޯލް ފެލޯޝިޕް ޕްރޮގްރާމް" ގެ ދަށުން 47 ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި ފުރުސަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ފުރުސަތުތައް ހުޅުވާލެވިފައިވަނީ އެފްރިކާ، އޭޝިޔާ ޕެސިފިކް، ލެޓިން އެމެރިކާ، ޔޫރަޕް އަދި އަރަބި ސަރަހައްދުތަކަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ގަސްތުކުރާ މީހުން، އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރަން ޖެހެއެވެ.

ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ހޮވޭ މީހުން އިތުރު ހުއްދަތަކެއް ހޯދަން ޖެހެއެވެ. މީގެ ތެރޭގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުގެ ހުއްދަ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް