ads
މިނިސްޓަރު ޝަހީމް
މިސްކިތް އަޅަން ކޮންމެ ދިވެއްސަކު 1000ރ ދޭން ޝަހީމްގެ އެދުމެއް
މިސްކިތް އަޅަން ކޮންމެ ދިވެއްސެއްގެ އަތުން 1000 ރުފިޔާ ނަގަން ކެމްޕެެއިނެއް ފަށަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވިދަޑއިގެންފިއެވެ.
Advertisement

މިނިސްޓަރު ޝަހީމް މިކަމަށް އެދިވަޑައިގަތީ ސަރުކާރުހެ ހަރަދުގައި އަލަށް އަޅަން ނިންމި 6 މިސްކިތެއްގެ ކުރެހުންތައް ދައްކާލުމަށްފަހުއެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ އެންމެން ވެގެން މިސްކިތް އަޅަން ރޯދަ މަހަށްފަހު ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އަދި އަމިއްލަ ޖަމިއްޔާތަކުން މިފަދަ ކެމްޕެއިނެއް ފަށަން ގޮވާލައްވާ މިނިސްޓަރު ވިދާޅުވީ އެފަދަ ކެމްޕެއިނެއް ފަށައިފިނަމަ މިނިސްޓްރީން އެހީތެރިކަން ދޭނެކަމަށެވެ. މިނިސްޓަރުގެ ވިސްނުން ހުރީ މިސްކިތް އަޅަން ކޮންމެ ދިވެއްސެއްގެ އަތުން 1000 ރުފިޔާ ނަގަން ބާރު އަޅާ ކެމްޕެއިން ހިންގުމަށެވެ. 

" މިސާލަކަށް އާޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ޚަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6 ހާސް މީހުންވެގެން ނަމަ އެއީ މީހަކަށް އެއް ހާސް ރުފިޔާ! ކިހަ ގިނަ ސަވާބު ލިބޭނެ ކަމެއްމީ!" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ މި ފަދަ ކެމްޕެއިންނެއްގެ އިތުރުން ތަނަވަސްކަމުގެ އަހުލުވެރިން ގުޅިގެން ބައިވެގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށްވެސް ފުރިހަމަ އަށް އެހީތެރިވެދެއްވާނެކަމަށެވެ. 

އަލަށް އަޅަން ފަށާ 6 މިސްކިތާއެކު، ކުރިއަށް ދާ 35 މަޝްރޫއާއެކު ސަރުކާރުން 41 މަޝްރޫއެއް ކުރިއަށް އެބަ ގެންދާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.  އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށްދާކަމަށާއި މީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި މިސްކިތް އަޅަން ޖެހިފައިވާކަން ޑރ ޝަހީމް ފާހަގަކުރެއްވިއެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް