މީރުމާ ހޮޓެލްގެ ކާނިމާ މާލަމްގައި ބޭއްވި ކޮންގްރެސްގައި ފާސްކުރި ބަޖެޓުގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރެވެ. އަދި މި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާނީ ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުބާރާތްތަކަށެވެ.
މި އަހަރު ރާއްޖެއިން ބައިވެރިވާ އެންމެ މުހިންމު މުބާރާތަކީ ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އެވެ. ނަމަވެސް މި މުބާރާތް ބާއްވާނެ ތާރީހެއް އަދި ވެސް ހާމަކޮށްފައި ނުވާ ކަމަށް އެމްއޯސީން ބުންޏެވެ. އަދި މުބާރާތް ޕާކިސްތާނުގައި ނުބޭއްވިއްޖެ ނަމަ އެ ފުރުސަތު އެހެން ގައުމަކަށް ދޭން ޖެހިދާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.