
އެމްއެމްއޭ އިން މިއަދුު ހާމަކުރި ގޮތުގައި، މި ގަވާއިދުގެ ދަށުން ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ. އަދި ގާނޫނާ ހިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އިޖުރާއަތުތައް ވެސް މި ގަވާއިދުގައި ހިމެނޭނެއެވެ.
ގަވާއިދުގެ މުހިންމު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމް ދާއިރާގެ "ކެޓެގަރީ އޭ" ތަންތަނަށް ހާއްސަ އިހްތިޔާރުތަކެއް ދިނުން ހިމެނެއެވެ. މީގެ ދަށުން، މަހެއްގެ މައްޗަށް ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ މަހުގެ ޖުމުލަ އާމްދަނީގެ 20 ޕަސަންޓު ޑޮލަރު މާރުކުރުމުގެ އިހްތިޔާރު ލިބިގެންދާނެއެވެ.
އެމްއެމްއޭ އިން ބުނީ މި ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ފެބުރުވަރީ 25 ވަނަ ދުވަހުގެ 13:00 އަށް ވަގުތު ދީފައިވާ ކަމަށެވެ. ހިޔާލު ފޮނުވަން ބޭނުންވާ މީހުންނަށް އީމެއިލް މެދުވެރިކޮށް ކޮމެންޓް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.