ads
ފަލަސްތީނުގެ ގާޒާގައި އިޒްރޭލުގެ ހަމަލާތަކުން ބިމާ ހަމަކޮށްފައިވާ އިމާރާތްތަކުގެ ގާތަކު މަތީގައި ބަޔަކު އިއްޔެ އިށީނދެލައިގެން. -- ފޮޓޯ: އޭއެފްޕީ
ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް 53.2 ބިލިއަން ޑޮލަރު ބޭނުން: އދ
އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް 15 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ދިން ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އެ ސަރަހައްދު އަލުން އާރާސްތު ކުރުމަށް 50 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހަރަދުވާނެ ކަމަށް އދ އާއި އީޔޫ އަދި ވާލްޑް ބޭންކުން ބުނެފި އެވެ.
Advertisement

އިސްރާއީލްގެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބޯހިޔާވަހިކަމަށެވެ. ރިޕޯޓުގައި ލަފާކުރާގޮތުން، އިސްރާއީލްގެ ބާރުތަކުން ގާޒާއަށް ދިން ޖުމްލަ ގެއްލުމުގެ 53 އިއްސައްތަ އަކީ ބޯހިޔާވަހިކަމަށް ލިބުނު ގެއްލުމެވެ. މީގެ ތެރޭގައި 292,000 އަށްވުރެ ގިނަ ގެ ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވެ އެވެ.

އަންގާރަ ދުވަހު އާންމުކުރި ގާޒާ އެންޑް ވެސްޓް ބޭންކް އިންޓަރިމް ރެޕިޑް ޑޭމޭޖް އެންޑް ނީޑްސް އެސެސްމަންޓް (އައިއާރުޑީއެންއޭ) އިން ހިސާބުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރު އޮކްޓޯބަރު 8 އާއި 2024 ވަނަ އަހަރުގެ އޮކްޓޯބަރު 8 އާ ދެމެދު 49 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ފަލަސްތީނުގެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 53.2 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. އަދި ފުރަތަމަ ތިން އަހަރު ތެރޭގައި އެކަނިވެސް 20 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ހާމަކޮށްފައިވެ އެވެ.

ގާޒާގެ ސިއްޙަތާއި ތައުލީމާއި ވިޔަފާރި އަދި ސިނާއަތުގެ ދާއިރާތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުންތައް ފޫބެއްދުމަށް އިތުރު 19.1 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

your imageގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް-ޝިފާ ހޮސްޕިޓަލްގެ ބޭރުގައި އާންމުން ހަރަކާތްތެރިވަނީ

ގާޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަރަބީން ވެސް ދަނީ ތައްޔާރުވަމުންނެވެ. މިސްރުގެ މަސްދަރުތަކުން ބުނީ، އެ ކަމާ ގުޅޭ މަޝްވަރާތައް ބޭއްވުމަށް އެ ގައުމުގެ ރައީސް އަބްދުލްފައްތާާޙް އަލް-ސީސީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާލަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. އެ މަޝްވަރާތަކުގައި، ގާޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން 20 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމުގައި ވެސް މަސްދަރުތަކުން ހާމަކުރި އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވެ، ގަތުލްއާންމަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ވަނީ އައިސްފަ އެވެ. ނަމަވެސް އިޒްރޭލުން ދަނީ އެއްބަސްވުމާ ހިލާފުވެ މަދުން ނަމަވެސް ގާޒާއަށް ހަމަލާތައް ދީ މީހުން މަރަމުންނެވެ.

ހަމަލާތައް ހުއްޓާލި ފަހުން ހަމާސްއިން ރަހީނު ކޮށްފައި ތިބި އިޒްރޭލުގެ ބައެއް މީހުން މިހާތަނަށް ދޫކޮށްލާފައިވާއިރު، އިޒްރޭލުން ރަހީނު ކޮށްފައި ތިބި ބައެއް ފަލަސްތީނު މީހުން ވެސް ވަނީ ދުކޮށްލާފަ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 62،700 މީހުން ޝަހީދުކޮށްލައިފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ 1،139 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް