ads
ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ - ފޮޓޯ/އަރީޝާ
ޒަކިއްޔާގެ މަރު: އިންސާފު އަވަސްކުރަން ގޮވާލާ ރައްޔިތުންގެ އިތުރު އެއްވުމެއް
ނ. ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސްކުރަން ގޮވާލާ އެ ރަށުގައި މިއަދު އަނެއްކާވެސް އެއްވުމެއް ބާއްވައިފި އެވެ.
Advertisement

ގޭގެ ގުދަނުގެ ތެރެއިން، ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް މިހާތަނަށް ފުލުހުންނަށް ފާހަގަވެފައެއް ނުވެ އެވެ. އެކަމަކު އެ ވާހަކަ އެ ރަށުގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. 

އެ މީހުން ދެކޭގޮތުގައި އަމިއްލަ ކަރުގައި ވަޅި އަޅައިގެން، ޒަކިއްޔާ ފުރާނަ ދުއްވާލާނެ ފަދަ އެއްވެސް ހެއްކެއް ނެތެވެ.

ރައްޔިތުން މިކަމާ ދެބަސްވެ، މީގެ ކުރިން ވެސް ވަނީ ހޮޅުދޫގައި ބޮޑު މުޒާހަރާއެއް ބާއްވައިފަ އެވެ. މިއަދު މި ކުރީ، އެ ފަދަ ދެވަނަ އިހްތިޖާޖެވެ.

your imageހޮޅުދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ

ހޮޅުދޫގައި މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގަައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

އެ އެއްވުމުގައި ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައިފަ އެވެ. އަދި ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާޅުކޮށްފައި ވާއިރު، އެކަމުގައި ޝާމިލުވާ އެންމެން ހައްޔަރު ކުރުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވެ އެވެ.

"ރައްޔިތުންނަށް ހަމަޖެހިގެން ތިބެވިއްޖެ ވަރަށް ދުވަހު. ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި. އިންސާފެއް ނުލިބޭ. ހަމަ ގަސްތުގާ މަރާލީ. ޕޮލިހުން ޕެޕާސްޕްރޭ ޖެހިޔަސް އަޅުގަނޑުމެން [ހޮޅުދޫ ރައްޔިތުންގެ] އަޑެއް ނުކެނޑުވޭނެ،" މުޒާހަރާގެ ބައިވެރީން ގޮވަމުންދިޔައެވެ. 

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނެވެ. ޒަކިއްޔާގެ މަރު މައްސަލާގައި ފުލުހުން ކުރި ތަހުގީގަށް ފަހު ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަހަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.

ފުލުހުން ދާދިފަހުން ވަނީ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް