ޖަޕާނުގެ ގައުމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން ދެމުންގެންދާ އެހީތެރިކަމަކީ އަގުހުރި އެހީތެރިކަމެއް ކަމަށެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިޝާރާތްކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް އެހީތެރިވަމުން އަންނަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެވެސް ވަރުގަދަވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.