ދާރުލްއާސާރު ބަންދުކުރަން ނިންމާފައި މިވަނީ އެތަނުގައި ދިވެހި ގައުމިއްޔަތުގެ އިސްވާރުގެ ސިންތާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީއެވެ.
އާންމު ދުވަސްތަކުގައި ދާރުލްއާސާރު ހުޅުވިފައި ހުންނަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ޓިކެޓް ވިއްކުމުގެ ކައުންޓަރު ހުޅުވިފައި ހުންނަނީ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށެވެ.
އެ ސެންޓަރުން އިތުރަށް ބުނީ ސަރުކާރު ބަންދު ދުވަސްތަކުގައި ދާރުލްއާސާރު ބަންދުކުރާނެ ކަމަށެވެ.