ads
ކުޑަހުވަދޫ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ
ކުޑަހުވަދޫ އަމިއްލަ މީހުންނަށް ސަރުކާރުން ގޯތި އަޅައިދޭނަން : ރައީސް
ކުޑަހުވަދޫގައި އަޅާ ހައުސިން ޔުނިޓް ތެރެއިން، ގެދޮރު އެޅުމަށް ބޭނުންވާ އަމިއްލަ މީހުންގެ ގޯތީގައި ގެ އަޅައިދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ދ. ކުޑަހުވަދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށެވެ. އެ ރަށުގައި 500 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ކުޑަހުވަދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެރަށުގައި އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް އަމިއްލަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ކުޑަހުވަދޫގައި އަޅާ 500 ހައުސިން މަޝްރޫއުގައި ވަކި އަދަދެއް އަމިއްލަ ގޯތީގައި އަޅައިދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އަދި ހައުސިން ޔުނިޓްތައް އަޅާނީ އަދި ބާކީބައި ގައިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

your imageކުޑަހުވަދޫ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ 

ހައުސިން ޔުނިޓްގައި ހިމެނޭނީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތައްކަމުން އަމިއްލަ ގޯތީގައި ގެ އަޅާ މީހުންނަށްވެސް އަޅާދޭނީ އެ އަދަދަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އަލަށް ގެއެއް ހަދާއިރު އެކަށީގެންވާ މިންވަރެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން އާބާދީއާއި ތަރައްޤީ އެއްފަސްކުރާއިރު އިތުރު ބަޔަކު ކުޑަހުވަދޫއަށް ހިޖުރަ ކުރާނަމަ އިތުރު ހައުސިން މަޝްރޫއުތައް ހިންގާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ގެދޮރު އެޅުމަށް ދޫކުރާ ލުއި ލޯނު ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 3 މިލިޔަނާ ހަމައަށް އެ ލޯނު ނެގުމުގެ ފުރުސަތު މިހާރު ލިބޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް