ads
މާއެނބޫދޫ ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ރައީސް ހުޅުވާދެއްވަނީ
މާއެނބޫދޫ ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ރައީސް ހުޅުވައިދެއްވައިފި
ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެޅި އާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާދެއްވައިފިއެވެ.
Advertisement

ދ. މާއެނބުދޫ ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ރައީސް މުއިއްޒު ހުޅުވާދެއްވީ މިހާރު އެމަނިކުފާނު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރަން ޑީ.އެން.އެފް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި މިދިޔަ ސަރުކާރުން ހަވާލުކުރީ އޭޕްރިލް 2023 އޭޕްރިލް 12 ގައެވެ. މީ ދައުލަތުގެ ބަޖެޓުން 4.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. 

your imageމާއެނބޫދޫއަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔަނީ 

މާއެނބޫދޫގައި ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވާދެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ވަނީ އެތަން ބައްލަވާ ލައްވާފައެވެ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު އަލަށް 5 ހިދުމަތެއް ވަނީ ތައާރަފްކޮށްފައެވެ.

އޭގެތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެއެވެ. އަދި ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް ހުންނާނެއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް