
އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވަނީ އަބްދުއްރަހީމްގެ ހާލުކޮޅާމެދު ހަމްދަރުދީވާ ކަމަށް ވިދާޅުވެފަ އެވެ.
މީކާއީލް އަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ މަނިކުފާނުގެ ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތު އަދި އެ ނޫން ވެސް ހާލަތެއް މީކާއިލަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނެވި އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކު، ރައީސާއި އަބްދުއްރަހީމް އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.
ފައިސަލް ވަކިކުރާތާ ގާތްގަނޑަކަށް މަހެއްހައި ދުވަސް ފަހުން އަބްދުއްރަޙީމް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރައްވާފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަބްދުއްރަހީމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހާ ދެ ބޭފުޅުންނާއި ރައީސް ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ މި ދައުރު ސަރުކާރުން ފޮނުވަން ހުރި ބިލުތަކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.