ads
ފޮޓޯ: މިފްކޯ މީޑިއާ
ބަނޑިދޫގައި ގާއިމްކުރާ އައިސްޕްލާންޓްގެ ބިންގާ އަޅައިފި
ދ.ބަނޑިދޫގައި ގާއިމްކުރާ އައިސްޕްލާންޓްގެ ބިންގާ އަޅައިފި އެވެ.
Advertisement

ބަނޑިދޫގައި ގާއިމްކުރާ އައިސްޕަލާންޓްގެ ބިންގާ އަޅާފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ އަތޮޅަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ބަނޑިދޫއަށް ވަޑައިގެން އެކަމަށ ބޭއްވި ހާއްސަ ރަސްމިޔާތުގަ އެވެ.

އެ އައިސްޕްލާންޓްގެ ބިންގާ އަޅުވާދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އަދި އެ ރަސްމިޔާތުގައި ރައީސް ޑރ.މުއިއްޒުގެ އިތުރުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ.ވިޓަލީ ލްޔޫބިމޮވް، ބަނޑިދޫ ކައުންސިލްގެ ރައީސް އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި މަޝްރޫއުގެ ދަށުން 30 މީޓަރުގެ ޓިއުބް އައިސް ޕްލާންޓް އަކާއި 50 މީޓަރުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރާނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން މި މަޝްރޫއަށް ހަރަދުކުރާ އިރު މިފްކޯއަށް މަސައްކަތް ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ބަނޑިދޫގެ އިތުރުން ދ. މީދޫ އަދި ށ. ފުނަދޫގައި ވެސް މުޅިން އާ އައިސްޕްލާންޓް އާއި ސްޓޯރޭޖް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މި 3 އައިސްޕަލާންޓްގެ މަސައްކަތް މިފްކޯއާ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މިފްކޯއިން ބުނީ މިއީ 24 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްކަމަށެވެ. އަދި ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް