ads
ދ.ބަނޑިދޫގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފެށުން
ބީއެމްއެލްއިން ބަނޑިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
ދ. ބަނޑިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
Advertisement

ބީއެމްއެލްއިން ބަނޑިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ގާއިމުކޮށްފައިވާއިރު މިއަދު ބަނޑިދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި އާ އޭޓީއެމް ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ރަސްމިޔާތުގަިއ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލއިން  ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނޑިދޫގައި އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމްކުރުމަކީ އެ ބޭންކްއަށް ލިބޭ އުފަލެއް ކަމަށެވެ.

"މި ހިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ހިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުއާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ" ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.

ބަނޑިދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސަރވިސް ބޭންކިން ސެންޓާ، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް