
އެމްޑަބްލިއުއެސްސީން މައުލޫމާތު ދިން ގޮތުގައި ލޭ ހަދިޔާކުރުމުގެ މި ހަރަކާތަކީ ސަރުކަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭހަދިޔާކުރުމުގެ ކެމްޕޭންގެ ދަށުން ހިންގުނު ހަރަކާތެއް ކަަަމަށް ބުނެއެވެ.
އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށްގެންދިޔަ ލޭދިނުމުގެ ހަރަކާތް ފައްޓަވާދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ޗެއާ ޕާސަން ޝަމްހޫޒާ އަހުމަދެވެ.
މިއީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް ފަސޭހަ މާހައުލެއްގައި އެފަދަ އިޖްތިމާއި އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ ލޭ ހަދިޔާކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށްވެސް އެފަރާތުން ފާހަގަކުރެ އެވެ.
އެ ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި ކުންފުނީގެ ސީނިއާ މެނޭޖްމަންޓްއާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް، އަދި ކައުންސިލްގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގަތްކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މުޖްތަަމައުގެ ލާބައާއި މަންފާއަށް ކުރެވޭ އެފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެއްވަމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެމްޑަބްލިއުއެސްސީންވަނީ ޝުކުރު އަދާކޮށްފަ އެވެ.