
އެމަނިކުފާނުން މިހެން ވިދާޅުވީ މިހާރު ދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައިށް ވިދާޅުވީ އެކި ފަންނުތަކުގައި މަސައްކަތް ކުރާ މީހުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމު ކުރިޔަށް އޮތްތަނުގައި ހަމަޖައްސަވާނެކަމަށެވެ. އެގޮތުން މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރުމަށް ބައިވެރު މަރުހަލާތަކެއް ހުރިކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ މަސްވެރިންގެ ދަފްތަރަކީ އެ މަސައްކަތު ފުރަތަމަ ހަރުފަތްކަމަށެވެ. އެ ގޮތުން އެ ދަފްތަރުގައި ޖެހޭ ފަރާތްތަކަށް ކުރިޔަށް އޮތް ތަނުގައި ބޭކިން ނިޒާމުގެ ތެރެއަށް ވަދެ ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން ތަކެތި ނެގިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ރޯދަ އިނާޔަތްވެސް ލިބޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ ދިވެއްސެއް ނަމަ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމީހަކަށް ރޯދަ އިނާޔަތް ލިބެންޖެހޭނެކަމަށެވެ. އަދި މިހާރު ކުރެވޭ ކަންކަން މި ދަނީ އެކަމަށް ވާސިލުވުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.