
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވީ މިމަހުގެ 19 ވަނަދުވަހުއެވެ.
ދ އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަަވާ ދަތުރުފުޅުގައި މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ވައުދުވެޑައިގެންނެވި ގޮތަށް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މިއަހަރު ފެށިގެން ރޯދަ އިނާތަރް ލިބޭނެކަމަށެވެ. އަދި މިހާރު ބައެއް ޑަބްލިއުޑީސީތަކުގެ މެމްބަރުންނަށް އިނާޔަތް ޖަމާވެފައިވާކަމަަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިިނާޔަތް ދިނުމަށް ލާމުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކަށް ހިލޭ އެހީ (ލޯކަލް ކައުންސިލް ގްރާންޓު) ގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަން ޖެހޭނެއެވެ.