ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެޑައިގެން ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ.
މި ރަށުގައި ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ޤާއިމުކުރާ އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސްގެ މަސައްކަތް މި އަހަރު ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ދ މީދޫ ގައި ބައިވަރު މަސައްކަތް ފެށިގެން ދާނެކަމައް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އަހަރު ނިމުމުގެ ކުރިން އާރްޓީއެލް ފެރީގެ ހިދުމައް ދ އަތޮޅަ ލިބިގެން ދާނެ ކަމައް ރައީސް ވިދާޅުވެއްޖެއެވެ.