
ކޮކޯ ކަލެކްޝަން އަކީ ރާއްޖޭގަިއ "ބިސްޕޯކް" ތަޖުރިބާތައް ފޯރުކޮށްދޭ ލަގްޒަރީ ހޮސްޕިޓަލިޓީ ބްރޭންޑެކެވެ.
އެވޯޑް ލިބިފައިވާ ދެ ރިސޯޓެއް ކަމަށްވާ ކޮކޯ ބޮޑު ހިތި އަދި ކޯކޯ ޕާމް ދޫނީ ކޮލްހޫ އާއި އެކު މި ބްރޭންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މަސައްކަތާއި ޕާސަނަލައިޒްޑް ސާވިސް އާއި ހަނދާން ނައްތާނުލެވޭ ފަދަ ގެސްޓް އެކްސްޕީރިއަންސް ތަކެއް ލިބިގެންދާނެ ތަނެއް ކަމަށް ބުނެއެވެ.
ކޮކޯ ކަލެކްޝަން އިން މިއަދު މިވަނީ މުހިއްމު މަގާމުތަކަށް އެކި ފަރާތްތައް އައްޔަނުކޮށްފައެވެ. އެގޮތުން ރެވެނިއު ޑިރެކްޓަރުގެ މަގާމަށް ބެލިޓާ މަކިނާ އާއި ކޯކޯ ކަލެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސްގެ މަގާމަށް ރޮނާލޭން ފަރްނާންޑޭޒް އައްޔަނުކޮށް އެ ބްރޭންޑުން ވަނީ އެފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.
ކޮކޯއިން ބުނީ ހޮސްޕިޓާލިޓީގެ ދާއިރާއިން ބެލިޓާ ވަނީ ހޮސްޕިޓަލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުރިއެރުންތަކެއް ގެނެސްދީފައި ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު އޭނާ ރެވެނިއު މެނޭޖްމަންޓަށް ބަދަލުވުމާއެކު ރޫމް ޑިވިޝަން، ފްރަންޓް އޮފީސް އަދި ކޮންސިއަޖްގައި މަލްޓިޑިސިޕްލިނަރީ ތަޖުރިބާއެއް ލިބިފައިވާ ރެވެނިއުއަށް ފޯކަސްކުރާ ވިސްނުމެއް އާލާކުރުމުގެ މަޝްހޫރުކަން އޭނާގެ ދަތުރުގައި މަޝްހޫރު ބައިނަލްއަގްވާމީ ބްރޭންޑްތަކާއެކު ސީނިއާ ލީޑަޝިޕްގެ ރޯލުތައް އަދާކޮށްފައިވަކަން ކޮކޯ އިން ބުނެއެވެ.
ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާއިން އެސިސްޓަންޓް ޑައިރެކްޓަރު ފަރނެންޑޭޒްގެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާއިރު ފިލިޕީންސް އާއި ރާއްޖޭގެވެސް މަޝްހޫރު ހޮޓަލްތަކާއި ރިސޯޓްތަކުގައި ގިނަ ރޯލްތަކެއް އަދާކުރައްވާފައިވާކަމަށް ކޮކޮ ކަލެކްޝަން އިން ބުނެއެވެ. އެގޮތުން ކޯކޯ ކަލެކްޝަންގައި އޭނާގެ އާ ރޯލުގައި ރިސޯޓް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ސްޓްރެޓެޖީތައް މެނޭޖްކޮށް، ވިޔަފާރި ކުރިއެރުވުމާއި ބްރޭންޑް ރިކޮގްނިޝަން ރަނގަޅު ކުރުމަށް ފޯކަސް ކުރާނެ ކަމަށް އެ ބްރޭންޑް އިން ފާހަގކުރެއެވެ.
އޭގެއިތުރުން ކޮކޯ ބޯޑުހިތި އަށް އާ ރިސޯޓް މެނޭޖާއެއް ވަނީ އައްޔަނުކޮށްފައެވެ. އެ މަގާމަށް އައްޔަނުކުރީ މުހައްމަދު ސޯބިރެވެ. ސޯބެގެ ނަމުން މަޝްހޫރު އޭނާއަކީ އިންޑަސްޓްރީގައި 20 އަހަރުގެ ތަޖުރިބާއާއި އޮޕަރޭޝަނަލް ނޯ-ހޯ ރިފައިން ކުރި ފަރާޓެއް ކަން ކޮކޯއިން ބުނެއެވެ. އަދި ޝަންހާއީ، ، ސައުދީ އަރަބިއްޔާގެ މަޝްހޫރު ފޯ ސީޒަންސް ޕްރޮޕަޓީތަކުގައި ވެސް އޭނާ ވަނީ ކްރޮސް އެކްސްޕޯޒް ކޮށްފައިކަން ކޮކޯއިން ފާހަގަކުރެއެވެ.
ކޯކޯ ކަލެކްޝަންގައި އެމީހުންގެ ޓީމުގެ ތެރޭގައި ސިންދަފާތުކުރުން، ހަމަހަމަކަން، އަދި އިންކްލޫޝަން އަށް ތަބާވެ، ތަފާތު ހިޔާލުތައް ގެނެސްދީ، އިތުރު ކްރިއޭޓިވް މަސައްކަތްތައް ގެނެސްދިނުމުގައި ދެމިތިބޭނެކަމަށް ފާހަގަކުރެއެވެ.