
ހޮލީވުޑް ތަރި މިޝޭލް ޓްރެޗްޓެންބާގް
ހޮލީވުޑްތަރި މިޝޭލް މަރުވެފައި އޮއްވާ ފެނިއްޖެ
މުހައްމަދު އާދަމް އަހްމަދު
27 ފެބްރުއަރީ 2025 - 07:47:38
ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުވި ހޮލީވުޑް ތަރި މިޝޭލް ޓްރެޗްޓެންބާގް ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިޝޭލް ހޭނިތިފައއި އޮއްވަ ފެނިގެން ބެލިއިރު އޭނާ ވަނީ މަރުވެފައެވެ.
1990 އާއި 2000 ގެ އަހަރުތަކުގައި ޗައިލްޑް ސްޓާރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މިޝޭލް މަރުވެފައި މިވަނީ އުމުރުން 39 އަހަރުގައެވެ.
މިޝޭލްގެ މަރަކީ ޝައްކު ކުރެވޭ މަރެއް ނޫންނަމަވެސް މެޑިކަލް އެގްޒަމިނަރުން މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
މިޝޭލް ހޮލީވުޑަށް ތައާރަފުވީ ނިކެލޯޑިއަން ޗެނަލުން 1996 ވަނަ އަހަރު ނުކުތް "ހެރިއޭޓް ދަ ސްޕައި" އިންނެވެ. އޭރު އޭނާގެ އުމުރަކީ ނުވަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ އިން ކުޑަކުދިންގެ މަޝްހޫރު ޓީވީ ޗެނަލް ނިކެލޯޑިއަންގެ ގިނަ އުފެއްދުންތަކަކުން ފެނިގެން ގޮސްފައެވެ.
މިޝޭލް ޓްރެޗްޓެންބާގް އެންމެ ބޮޑަށް މަސްހޫރުވެގެން އައީ 2007 ވަނަ އަހަރު ރިލީޒްކުރި "ގޮސިޕް ގާލް" އިންނެވެ. އެސިރީޒް 2012 ގެ ނިޔަލަށް ކުރިޔަށް ގެންގޮސްފައިވެއެވެ،
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް