
މީގެ ތެރޭގައި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮމޯޝަންތަކާއި އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތައް ހިމެނެއެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވީ މި ޕްރޮމޯޝަންތަކުގެ ތެރޭގައި ކަރާ ފެޅުމުގެ ޗެލެންޖާއި، ޑޭޓާ ހަދިޔާކުރުމުގެ ޕްރޮމޯޝަން، މެޖިކް ޑޭޓާ، 5ޖީ ރައުޓަރު އަދި ބިދޭސީންނަށް ހާއްސަ އައިއެމްއޯ ޕްރޮމޯޝަން ހިމެނޭ ކަމަށެވެ. ކަރާ ފެޅުމުގެ ޗެލެންޖުގައި ސްވިޒަލޭންޑަށް ދަތުރެއް ކުރުމުގެ ފުރުސަތު ވެސް ހިމެނެއެވެ.
މި އަހަރުގެ ރޯދަ މަހުގެ ޕްރޮމޯޝަންތަކުގައި އިޖުތިމާއީ ޒިންމާގެ ދަށުން ދެ ހާއްސަ ޕްރޮގްރާމެއް ވެސް ހިމެނެއެވެ. އެގޮތުން ދިރާގު އެޕް މެދުވެރިކޮށް ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝާން ހަމީދު ބުނެފައިވެއެވެ. މީގެ އިތުރުން މަމްސް އެއިޑާ ގުޅިގެން 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ޕްރޮމޯޝަންތައް ތައާރަފުކުރުމުގެ ހާއްސަ ޙަފްލާގައި 12 އަހަރުގެ މިޝާ ވެސް ބައިވެރިވެ، އޭނާގެ ރޯދަ ޗެލެންޖެއް ތައާރަފުކޮށްފައިވެއެވެ. އެހެންނަމަވެސް މި ޗެލެންޖުގެ ތަފްސީލުތައް ހާމަކުރާނީ ރޯދަ މަހުގެ ތެރޭގައި ކަމަށް މިޝާ ބުނެފައިވެއެވެ.
• ކަރާ ފެޅުމުގެ ޗެލެންޖުން ސްވިޒަލޭންޑަށް ދަތުރެއް ކުރުމުގެ ފުރުސަތު
• ދިރާގުން ޖަމްއިއްޔާތަކަށް 150،000 ރުފިޔާގެ އެހީއެއް ދޭން ނިންމި
• 100 އާއިލާއަކަށް އެހީވާން މަމްސް އެއިޑާއެކު މަސައްކަތްކުރާނެ
• 12 އަހަރުގެ މިޝާ ހާއްސަ ރޯދަ ޗެލެންޖެއް ތައާރަފުކުރި