ads
މަޓަން ރޯލްސް - ފޮޓޯ: އިންޓަނެޓް
ސީއެންއެމް ބަދިގެ: މަޓަން ރޯލްސް
މި ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު ރެސިޕީއެއް ގެނެސްދެވޭނެ އެވެ.
Advertisement

މިއަދު މި ގެނެސްދެނީ މަޓަން ރޯލްސް ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާނެ ތަކެތި: 

1 ބޮޑު ޕާން

1 ޖޯޑް ފާރޯށި ކުނޑި

2 ބިސް

3 ފިޔާ

1 ޖޯޑު މަޓަން

1 ގިތެޔޮ މިރުސް

1 ސައި ސަމުސާ ޗިލީ ޕައުޑަރ

1 ސައި ސަމުސާ ރީނދޫ

½ ސަމުސާ އަސޭމިރުސް

½ ސަމުސާ ލޮނު

½ ސަމުސާ ގަރަމް މަސާލާ

މަޓަން ރޯލްސް ތައްޔާރު ކޮށްލާނެ ގޮތް:

ފުރަތަމަ ތަވާ އުދާލާފައި ރަނގަޅަށް ހޫނުވީމަ ފިޔާކޮޅު އަޅާ ވަޅޯ ކޮށްލާށެވެ. ދެން ފިޔާ ކޮޅު ރަނގަޅަށް ވަޅޯވުމުން ބާކީ ހުރި ހުރިހާ އެއްޗެހި އެއްކޮށްލާފައި 10 މިނިޓް ވަންދެން ރަނގަޅަށް މަޑުގިނީގައި ކައްކާލާށެވެ. އެއަށްފަހު ހިހޫ ވަންދެން ބަހައްޓާށެވެ. ދެން ޕާން ފޮތިތައް ކައިރި ނަގާލާފައި ޕާން ފޮތިތައް ރޮށި ފަތުރާ ގޮތަށް ފަހަރަކު ފޮއްޗެއް ފަތުރާލާފައި އޭގެ ތެރެއަށް ހެދި އެތިކޮޅު އަޅާލާފައި ފަހަރަކު ފޮއްޗެއް ރަނގަޅަށް ރޯލު ކޮށްލާފައި ފުރަތަމަ ފެން ފޮދަކަށް ލާފައި އޭގެ ފަހުގައި ބިސް ކޮޅަށް ލާފައި ދެން ފާރޮށި ކުނޑި ހޭކުމަށްފަހު ތެލުލާ ލާނީ އެވެ.

ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި މިއީ ސޯސްއާއެކު ކާލަން މީރު އެއްޗެކެވެ. އަޖުމަބަލާލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް