ads
ހުޅުމާލޭ ގްރޭންޑް މޮސްކް ފޮޓޯ: ގޫގުލް ރިވިއުސް
އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެން "ގާސިމް މިސްކިތް" އޭސީކުރުމަށްފަހު ހުޅުވައިފި
މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީ އާއި ގުޅިގެން ރޯދަމަހުގެ ކުރިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުވާލައިފިއެވެ.
Advertisement

މިސްކިތް އަލުން ހުޅުވުމަށްޓަކައި 27 ފެބުރުއަރީގައި ގާސިމް މިސްކިިތުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. 

މި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން އެޗްޑީ.ސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސް އިސް އޮފިޝަލުންވެސް ބައިވެރިވިއެވެ.

އެދުވަހު ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ ކުންފުނިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރުން  ކުންފުނިން ހިދުމަތްކުރާ މުޖުތަމައުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ. 

"މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫޢަކީ، އިޖްތިމާއީ ޙައްގުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް. މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރޯދަ މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުން. އަދި މި މަޝްރޫއު ޙަގީގަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް،ގަތަރު ޗެރިޓީއަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" އުރީދޫ މޯލްޑީވްސް ގެ ސީއީއޯ ވިދާޅުވިއެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ. 

މި މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް