ގެއްލިގެން ހޯދަމުން އަންނަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފް ނަމަކަށް ކިޔާ މީހެކެވެ.
އޭނާގެ އާއިލާއިން ބުނީ އުސައިދުގެ ހަބަރެއް އެންމެ ފަހުން ވީ އިއްޔެ މެލޭޝިއާ ގަޑިން ހަވީރު ތިނެއް ޖަހާކަންހާއިރި ކަމަށެވެ. އޭގެ ފަހުން އޭނާއާ ގުޅިފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.
މީނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވީހާވެސް އަވަހަކަށް އެ މައުލޫމާތެއް ހިއްސާކޮށް ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. ދިވެހި ހައި ކޮމިޝަނުން ބުނީ މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.