
ނަގހޫ މިހާރު ތައްޔާރުކުރަމުން އަންނަ "ސޮރީ" ސިނަމާތަކަށް އަންނާނެ ތާރީހެވެ. “ސޮރީ”ގެ ފޭސްބްކް ޕޭޖުގައި ބުނީ އެ ފިލްމު އަންނަ ޖޫންމަހުގެ 17 ވަނަދުވަހު ސްކްރީންތަކަށް އަންނާނެކަަމަށެވެ.
ފިލްމުގެ ސްކްރީންތަކަށް އަންނާނެ ތާރީހު އިއުލާންކުރަމުން ފިލްމާއި ގުޅޭ މުހިއްމު ލިޔުންކޮޅެއްވެސް "ސޮރީ" ގެ ޓީމުން ވަނީ ދޫކޮށްލާފައެވެ. ފިލްމުގެ ޕޯސްޓަރާއި އެކު އެ ޓީމުން ދޫކޮށްލި ލިޔުން ކޮލޫ ނިކަން އަސަރަގަދަވެފައި ފިލްމަށް ކުރާ އިންތިޒާރު އަނެއްކާވެސް ވަނީ ބޮޑުކުރުވާފައެވެ.
އަސަރުގަދަ ލޯބީގެ އެތައް ފިލްމެއް ގެނެސްދީފައިވާ ނަހުލާ ދުވަސްތަކަށްފަހު ޑައިރެކްޓްކުރާ އާ ފިލްމު "ސޮރީ" އަކީވެސް އަކީވެސް ޔޫއްޕެ އަދި އައްޒަގެ ޖޯޑު ފެނިގެންދާނެ ފިލްމެކެވެ. މީގެއިތުރުން ޝީލާ ނަޖީބާއި ނަހޫގެ ކުރީގެ ނާ އުއްމީދުން ފެނުނު ހުސައިން ސޮބާހްގެ އިތުރުން އާނަންދު އަދި ޝިޔާވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.
މި ފިލްމުގެ ފުރަތަމަ ލުކް އަދި ފަހުގެ ޕޯސްޓަރުންވެސް ފެންނަނީ ކުޑަ ދެކުދިންނެވެ. ފެންނަ މަންޒަރުތަކުން މުޅި ފިލްމު ބިނާވަނީ މި ދެކުންނަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކީގެ ނަހުލާގެ ހަގު ދަރިފުޅު ލާލި އެވެ. ދެން އިނީ ނަހުލާގެ މާމަދަރި އެވެލީ އެވެ. އެވެލީ އޭއީ ނަހޫގެ ސުޕާ ހިޓް ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ނާއުންމީދު" އާއި "ޒުލޭހާ" ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފެނުނު ނާޝް ދަރިފުޅެވެ.
ނަހޫގެ ފިލްމާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި ނުބުނެއެވެ.
އެހެންކަމުން ނަހޫގެ ފޭނުން ތިބީ ނަހޫ "ސޮރީ" މި ބުނަނީ ކީއްވެތޯ ނޫނީ ކާކަށްތޯ ބަލާލަން ކެތްމަދުވެފައެވެ. ސަބަބަކީ މީ ކޮންމެ ކަހަލަ " ސޮރީ" އަކަށް ފޭނުން ރޮއްވާލާނެކަން ޔަގީންވާތީއެވެ.