މާލޭގައި މަސްދަޅު ކޭސްތައް ބަހަން ފެށީ މިިދިޔަ މަހުގެ 20 ވަނަދުވަހުއެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަމާޒަކީ މިމަހުގެ 20 ވަނދުވަހުގެ ނިޔަލަށް މާލޭގައި މަސްދަޅު ކޭސް ބަހާ ނިންމުންކަމަށެވެ. އަދި މިއަދު މަސްދަޅު ކޭސް މިހާތަނަށް ނުލިބޭ އަތޮޅުތަކަށް ހަދިޔާ ފޯރާނެކަމަށާއި އޭރުން މުޅި ރާއްޖެއަށް ހަދިޔާ ބަހާ ނިމުނީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 40،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވާކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 180 ގްރާމުގެ 48 ދަޅުގެ މަސްކޭހެއް ވަނީ ބަހާފައެވެ. މީގެއިތުރުން ރޯދަމަހުގެ ފެނާއި ކަރަންޓް ބިލު 10 އިންސައްތަ ޑިސްކައުންޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ.