އަނޫޝާ އާއި ކަރަން ރުޅިވެގެން އުޅޭ ކަމަށް ދާދި ފަހުން ވަނީ އަޑުތައް އަރާފައެވެ. ގިނަ ބަޔަކު އެފަންނާނުންނަށް ސުވާލުކޮށްފައިވާއިރު އެކަމާ ގުޅިގެން އަނޫޝާ ވަނީ ވަރަށް ރުޅިވެސް އައިސްފައެވެ.
ދާދި ފަހުން ޕިންކް ވިލާއަށް ކަރަން ދިން އިންޓަވިއުއެއްގައި ކަރަން ވަނީ އެދެމީހުން އަދިވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެފައެވެ.
ކަރަން އާއި އަނޫޝާއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އެދެމީހުން ވަނީ އެމްޓީވީ ޝޯއެއް ކަމަށްވާ "ލަވް ސްކޫލް" ހޯސްޓުކޮށްފައެވެ.
އޭގެ އިތުރުން ކަރަން އާއި އަނޫޝާ ވަނީ ލަވައަކުން ވެސް ފެނިގެން ގޮސްފައެވެ.