ބަޓް އާއިލާއަށް ނިސްބަތްވާ ވިކްރަމްގެ މިފަހަރުގެ ފިލްމަކީ "ތުމް ކޯ މޭރީ ގަސަމް" އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާއްމުކޮށް ދޫކޮށްލާފައެވެ.
ވިކްރަމްގެ މި ފިލްމުގައި މަޝްހޫރު ތަރިއަކަށް ހިމެނެނީ އަނޫޕަމް ކޭރްއެވެ. މީގެއިތުރުން ފިލްމުގެ ކާސްޓްގައި ކުރީގެ ތަރި އިޝާ ޑިއޯލް، އަދާ ޝަރުމާ، ސުޝާންތު ސިންގް އަދި މެހްރްޒާން މަޒްދާ ހިމެނެއެވެ.
ފިލްމަކީ ލޯބީގެ ފިލްމެކެވެ. އެހެންނަމަވެސް ފިލްމުގައި ދައްކުވައިދެނީ މަރެއްގެ ހަގީގަތް ހޯދަން ކުރަމުން އަންނަ މަސައްކަތެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްް ހަދާފައިވާ ފިލްމެކެވެ.
ބިރުވެރި ފިލްތައް ހެދުމަށް މަޝްހޫރު ޑައިރެކްޓަރުގެ ލޯބީގެ ފިލްމެއް ސްކްރީންތަކަށް މި އަންނަނީ ވަރަށްވެސް ދުވަސް ފަހުންނެވެ.