ads
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން
70ވުރެ ގިނަ މީހުން އުޅޭ ގޮޅިއެއް، ގިނަ ބަޔަކު ހައްޔަރުކޮށްފި
ތޮއްޖެހިގެން ބިދޭސީން އުޅޭ ތަނަކު ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި ބިދޭސީންތައް ހައްޔަރުކުރީ މއ. ހިތިލާގެ އިންކަމަށެވެ. އެ ގެޔަށް އެ އިދާރާއިން ވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެންކަމަށެވެ. 

ވޮޗަށް ލިބުނު ރިޕޯޓުގައި ވަނީ އެ ގެއަށް ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި އެހެނިހެން ކާނާގެ ބާވަތްތައް ވައްދާ މަންޒަރު އަބަދުވެސް ފެންނަ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެތަނަށް ވައްދާތަން ފެންނަކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.  

މީގެ އިތުރުން މެންދުރު ކާގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ ބަތް ޕާރުސަލު އެތަނުން ނެރޭކަމަށާއި އަދި  އެ ވަގުތާ ޑެލިވަރީ ސައިކަލުތައް ވެސް ގޭގެ ބޭރުގައި ހުންނަ ކަމަށްވެސް އާއްމު މީހަަ ކުރި ރިޕޯޓުގައިވެއެވެ

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގައި ފެންނަ ގޮތުގައި އެތަނުގެ  ބަދިގެ ވެސް ފެންނަނީ ވަރަށް މުޑުދާރުކޮށެވެ. އަދި އެތަނުގައި ކުދި ކުދި ތަންތަން ކޮޅު ހަދާ ބަރި ބަރިއަށް ހުރީ އެނދު ޖަހާފައެވެ. 

އިމިގްރޭޝަނުން ބުނީ ލިބުނު ރިޕޯޓާއި ގުޅިގެން އެތަނަށް އެ އިދާރާގެ އޮފިސަރުން ވަދެ ބެލިއިރު އެތަނަކީ ގިނަ އަދަދެއްގެ ބަޔަކު އުޅޭ ތަނެއްކަމަށެވެ. އަދި އެތަނުގައި އެއް ފަހަރާ ގިނަ އަދަދެއްގއ ބަޔަކަށް ކައްކާ ތަނެކެވެ.

ފިލައިން ހަދާ ބާވެފައި ހުރި ތަނުގައި 76 ބިދޭސީން އުޅޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެ ތެރެއިން 32 މީހުންނަކީ އެމީހުން ގެނައި މީހުންނަށް ފިލައިގެން އުޅޭ ބައެއްކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް