ads
ހާފިޒުކަމުގެ ތާޖު ލިބުނު ކުއްޖަކަށް އީސް ޑރ. މުހައްމަދު މުއިއްޒު އެކަމުގެ ލިޔުން ހަވާލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ހާފިޒުން ދަސްވެނިވުމަށް ބާއްވާ ހަފްލާ މި ރޯދަމަހުގެ 27 ވިލޭރޭ
ޤުރުއާން ހިތި ދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފްލާ ހިނގަމުން މިދާ ރޯދަ މަހު "27 ވިލޭރޭ" ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
Advertisement

މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ހާއްސަ ޖަލްސާއެއް ބާއްވާފައެއްނުވެ އެވެ. އަދި ދަސްވެނިވި ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ގައެވެ. 

އެހެންކަމުން މިއީ ހާފިޒު ކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ.

އެއީ ރާއްޖޭގައި އެކަމަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ހަފުލާކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އެ ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.

މިނިސްޓަރު މީގެ ކުރިން ވަނީ ހާފިޒުން ދަސްވެނިވާ ހަފުލާ ކުލަގަދަކޮށް، ގައުމީ ފެންވަރުގައި ބޭއްވުމުގެ މުހިއްމު ކަން ފާހަގަކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް