ads
ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް، މުހައްމަދު ޒަޔާން އަހުމަދު
އެމްއެމްއޭގެ ބޯޑުގައި ފިނޭންސް ތަމުސީލުކުރާ ޒަޔާން އިސްތިއުފާ ހުށަހަޅައިފި
ރާއްޖޭގެ އިގުތިސޯދު ބޮޑު ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15 ބިލިއަން ރުފިޔާއަށް ބިން ގަތުމަށް ނިންމިތާ ދުވަސްކޮޅެއް ނުވަނީސް އެ ބޯޑުގައި ހިމެނޭ އަހްމަދު ޒަޔާން މުހައްމަދު ފިނޭންސް މިނިސްޓްރީއަށް އޭނާގެ އިސްތިއުފާ ހުށަހަޅައިފި އެވެ.
Advertisement

އިގްތިސާދީ ދާއިރާގެ ތަޖުރިބާ ކާރެއް ކަމުގައިވާ, ޒަޔާނަކީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިވިޝަންގެ ހެޑެވެ.

ޒަޔާން ގެންދަވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގައި ފިނޭންސް މިނިސްްޓްރީ ތަމްސީލު ކުރައްވަމުންނެވެ.

އެނގިފައިވާ ގޮތުގައި، ޒަޔާން އިސްތިއުފާ ދެއްވަން ދެ މަސް ދުވަހުގެ ނޯޓިސް ފިނޭންސަށް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ.

ޒަޔާން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ ނިންމެވުން މިއައީ ސަރުކާރަށް އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. 

އެ ވާހަކަތަކާ ގުޅިގެން ސަރުކާރުންނާއި އެމްއެމްއޭއިން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް އަދި ނުބުނެ އެވެ. އަދި ޒަޔާންގެ އިސްތިއުފާ އާއި ގުޅޭ ގޮތުން ވެސް މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް