ads
އޮވެން ރާއްޖޭގައި
މައިކަލް އޯވެން ރާއްޖޭގައި ކުޑަކުދިންނަށް ފުޓްބޯޅަ ކޭމްޕެއް ހިންގަނީ
ނަންމަޝްހޫރު ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ މައިކަލް އޯވެން މިއަހަރުގެ އޮކްޓޯބަރ މަހު ރާއްޖޭގައި ކުޑަކުދިންނަށް ޚާއްސަ ފުޓްބޯޅަ ކޭމްޕެއް ހިންގަން ނިންމައިފިއެވެ.
Advertisement

މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަވަނީ+ ފެއަރސް މޯލްޑިވްސް ރިސޯޓުގައެވެ.

އޮކްޓޯބަރ 20 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި، ރިސޯޓުގައި ތިބޭ 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ބައިވެރިވެވޭނެއެވެ. 2001 ވަނަ އަހަރު 'ބޮލަން ޑި އޯރު' އެވޯޑް ކާމިޔާބުކޮށްފައިވާ އިނގިރޭސިވިލާތުގެ ކުރީގެ ސްޓްރައިކަރު މައިކަލް އޯވެން ވަނީ ލިވަޕޫލް، ރިއަލް މެޑްރިޑް، ނިއުކާސަލް ޔުނައިޓެޑް، މެންޗެސްޓަރ ޔުނައިޓެޑް އަދި ސްޓޯކް ސިޓީ ފަދަ ބޮޑެތި ކުލަބްތަކުގައި ކުޅެފައެވެ.

އަވަނީ+ ފެއަރސް މޯލްޑިވްސް ރިސޯޓުގެ ފުޓްބޯޅަ ދަނޑުގައި ބޭއްވޭ މި ކޭމްޕްގައި ހަރަކާތްތެރި ތަމްރީން ސެޝަންތަކެއް ހިންގާނެ ކަމަށް ރިސޯޓުން ބުނީއެވެ. "ފުޓްބޯޅައިން އަހަރެންނަށް ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިފައިވޭ. އަވަނީ+ ފެއަރސް މޯލްޑިވްސް ރިސޯޓުގައި ދެން އޮތް ޖީލަށް އަހަރެންގެ ހުނަރާއި ފުޓްބޯޅައަށް އޮންނަ ލޯބި ހިއްސާކުރުމަށް އަހަރެން ވަރަށް ފޮނިވެލައޭ" ކަމަށް މައިކަލް އޯވެން ބުންޏެވެ.

މި ކޭމްޕް ނިމުމަކަށް ގެނައުމުގެ ގޮތުން އޮކްޓޯބަރު 24 ގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވޭނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނަށް މެޑެލްތަކާއި ސެޓްފިކެޓްތައް ދޭނެއެވެ. ރިސޯޓުގައި މަޑުކުރާ 15 އަހަރުން ދަށުގެ ކުދިންނަށް މި ކޭމްޕްގައި ހިލޭ ބައިވެރިވެވޭނެއެވެ.

ކުޑަކުދިންނަށް ފުޓްބޯޅަ ފިޔަވައި އެހެން ހަރަކާތްތަކުގައިވެސް ބައިވެރިވެވޭނެއެވެ. ކުޑަކުދިންނަށް ހާއްސަ "އަވަނީކިޑްސް" ޕްރޮގްރާމްގެ ދަށުން އެކި ބާވަތުގެ ޙަރަކާތްތަކާއި ޓީންސް ކުލަބްއެއްވެސް ހުންނާނެއެވެ. އާޓްސް އެންޑް ކްރާފްޓްސް، ރަށް އެކްސްޕްލޯރކުރުން އަދި ގޭމިން ޒޯން ފަދަ ހަރަކާތްތައް ހަމަޖެހިފައިވާއިރު، ކުޑަކުދިންނަށް ހާއްސަ "ޕެޓިޓް ބިސްޓްރޯ ބައި އަވަނީކިޑްސް" ގައި ކެއުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާ ކަމަށް ރިސޯޓުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް