ads
ކުލޯއީ އެސްމީ އޭނާގެ ޕާޓްނަރާއެކު
މާލޭގައި 20 އަހަރު ދިރިއުޅުނު އިނގިރޭސި އަންހެނެއްގެ ހިތްގައިމު ވާހަކަ
ރާއްޖެއަށް ފުރަތަމަ 21 އަހަރުގެ އުމުރުގައި އައި އިނގިރޭސި އަންހެނެއް ކަމަށްވާ ކުލޯއީ އެސްމީ އަކީ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ރާއްޖޭގައި ދިރިއުޅެމުން ގޮސްފައިވާ މީހެކެވެ.
Advertisement

އޭނާ ރާއްޖެއަށް އައީ އިނގިރޭސިވިލާތުގެ ޓްރެވަލް ކުންފުންޏެއްގައި ޑެސްޓިނޭޝަން ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި މަސައްކަތް ކުރުމަށް 6 މަސް ދުވަހުގެ މުއްދަތަށެވެ. ނަމަވެސް، ރާއްޖޭގެ ދިރިއުޅުމަށް ލޯބިވެ މިހާރު އޭނާގެ އުމުރުން 40 އަހަރު ވީއިރު، ތިން ދަރިންނާއެކު ދުނިޔޭގެ އެންމެ ކުޑަ ވެރިރަށް ކަމަށްވާ މާލޭގައި ދިރިއުޅެމުން ގެންދާ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅުމުގެ ހަރަދު އިނގިރޭސިވިލާތަށް ވުރެ މައްޗަށް ދިޔަ ނަމަވެސް، ކުލޯއީ ބުނީ ރާއްޖެއަކީ އޭނާގެ ދަރިން ބޮޑުކުރަން އެންމެ ރަނގަޅު ތަން ކަމަށެވެ.

"އަހަރެންގެ ދަރިން ފަތަން ދަސްކުރަމުން ދަނީ ހޫނު އިންޑިއާ ކަނޑުގައި، ހުދު ވެލިގަނޑުތަކުގައި ކުޅެމުން، ތަފާތު މަސްތަކާއެކު" ކުލޯއީ ބުންޏެވެ. މީގެ އިތުރުން ގޭގެ ކުލި އިނގިރޭސިވިލާތާ އެއްވަރުގައި ހުރި ނަމަވެސް، ކަރަންޓު ބިލު މަހަކު 300 ޕައުންޑް ހޭދަވާކަމަށް އޭނާ ބުންޏެވެ.

މިއާއެކު، ކުލޯއީއާއި އޭނާގެ ދިވެހި ފިރިމީހާ އާއި ދެމީހުންވެސް މަސައްކަތްކުރއެވެ. އަދި އެމީހުންގެކުދިން ސްކޫލަށް ވެސްދެއެވެ. ހަފްތާ ބަންދުގައި ޓޫރިސްޓް ރިސޯޓްތަކަށް ހާއްސަ ދަތުރުތައްވެސް ކުރެއެވެ. 

"ކޮންމެ ހަފްތާއަކު ނޫނަސް ހާއްސަ ދުވަސްތަކުގައި ރިސޯޓްތަކަށް ދަތުރުކޮށް، ރުއްގަނޑުގެ ހިޔަލުގައި އައިސްކްރީމް ކައި، ފަތަން ދިއުމަކީ ދަރިންގެ ހުވަފެނެއް" ކަމަށް ކުލޯއީ ބުނެފައިވެއެވެ.

ރާއްޖެއިން ސްރީލަންކާއަށް 90 މިނެޓުގެ ވައިގެ ދަތުރެއްގައި ދެވޭއިރު، ސިންގަޕޫރަށް 4 ގަޑިއިރު، އަދި އިންޑިއާއަށް 2 ގަޑިއިރުން ދެވޭތީ އޭޝިއާގެ ގިނަ ހިސާބުތަކަށް ފަސޭހައިން ދަތުރުކުރެވޭކަންވެސް ކުލޯއީ ފާހަގަކޮށްފައިވެއެވެ.

އަދި ރާއްޖޭގައި މަގުބޫލު ބްރޭންޑުތަކާއި ވިޔަފާރިތައް މަދުން ހުރި ނަމަވެސް، ސްޓާބަކްސް އަދި މެކްޑޮނަލްޑްސް ފަދަ ބްރޭންޑްތައް ނެތުމާއެކު، "ވަރަށް ތަރުތީބު ދިރިއުޅުމެއް" އުޅެވޭކަން އޭނާ ފާހަގަކުރިއެވެ. 

ރާއްޖޭގައި ރިސޯޓްތައް ފިޔަވައި އެހެން ތަންތަނުގައި ބަނގުރާ ނުލިބޭތީ، އެއީވެސް ރާއްޖެ ރައްކާތެރި ތަނަކަށް ވުމުގެ ސަބަބެއް ކަމަށްވެސް އޭނާ ދެކެއެވެ.

"އަހަރެން އިނގިރޭސިވިލާތުގައި ހުރިނަމަ މިފަދަ ހާއްސަ ތަޖުރިބާތައް ކުރުމުގެ ފުރުސަތު ނުލިބުނީސް" ކުލޯއީ ބުނެއެވެ.

ކުރިމަގުގައި ރާއްޖޭގައި ދިރިއުޅުން ކުރިއަށް ގެންދާނީތޯ ނުވަތަ އިނގިރޭސިވިލާތަށް ނުވަތަ އެހެން ގައުމަކަށް ބަދަލުވާނީތޯ އަދި ނިންމާފައިނުވާކަން ކުލޯއީ ބުންޏެވެ. ނަމަވެސް އޭނާއަށް މުޅިން އާ ތަނެއްގައި ދިރިއުޅުމުގެ ތަޖުރިބާވެސް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް